ޒަކާތައް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ދިވެހިރާއްޖޭގެ ޒަކާތުހައުސް އިން ތިލަދުއްމަތީގެ ބައެއް ރަށްތަކަށް ފުރައިފި!

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން 15 ފެބްރުއަރީ އިން 17 ފެބްރުއަރީއަށް ތިލަދުންމައްޗަށް ކުރާދަތުރަށް ވަނީ ފުރާފައެވެ. މި ދަތުރުގައި ހއ. އަތޮޅު އަދި ހދ. އަތޮޅުގެ ބައެއް ރަށްތަކުގައި އާންމުން ޒަކާތަށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިޔަށް ގެންދިޔުމާއި ޒަކާތައް ޚާއްސަކޮއްގެން މިސްކިތު ދަރުސް ދިނުމުގެ އިތުރުން ކައުންސިލް ތަކާ ބައްދަލުކުރުމަށް ވަނީ ރޭވިފައެވެެ. މި ދަތުރުގައި ޒަކާތު ހައުސް ޓީމުން ޒިޔާރަތް ކުރަން ނިންމާފައިވާ ރަށްތަކަކީ، ކުޅުދުއްފުށި ސިޓީ، ހދ.ނޮޅިވަރަމް، ހއ.ކެލާ އަދި އަދި ހއ.ދިއްދޫއެވެ. އެވެއަރނެސް ސެޝަންތަކުގެ އިތުރުން، ހއ. ކެލާ އަދި ހދ. ނޮޅިވަރަމުން ޒަކާތު ނަފާ ޕްރޮގްރާމްގެ އެހީލިބުނު ފަރާތްތަކުގެ ހާލަތު ދެނެގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ގައުމީ ފެންވަރަުގައި ހިންގޭ މި ޕްރޮގްރާމް އަކީ އާންމުން މުދަލު ޒަކާތަށް ހޭލުންތެރިކުރުމާއި މުދަލު ޒަކާތުގެ ފައިސާ ހޭދަކުރެވޭގޮތްތަށް އާންމުންނަށް ކިޔައިދިނުމުވެ.

ހިއްސާކުރައްވާ