ޒަކާތު ފަންޑުން ފުދުންތެރިކަން ނެތް ތެލެސީމިއާ ބަލީގެ 50 ކުދިންނަށް ބޯންމެރޯ ހެދުމަށް އެހީވުމަށް ސޮއިކޮއްފި

ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން އެހީވުމާބެހޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ އާއި ސިއްހީ ވުޒާރާ އާ ދެމެދު ފަހުމުނާމާގައި ވަނީ ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގެ ދަށުން ފުދުންތެރިކަންނެތް 50 ޓެލެސީމިއާ ބަލީ ކުދިންނަށް ބޯންމެރޯ ހެދުމަށް އެހީތެރިކަން ފޯރޮކޮއްދެވޭނެއެވެ. މިއަހަރުން ފެށިގެން ކޮންމެ އަހަރަކު 10 ކުދިންނަށް އެހީ ފޯރުކޮށްދެވޭނެއެވެ. 5 އަހަރުގެ ތެރޭގައި 50 ކުދިންނަށް ޖުމްލަ 50 މިލިއަން ރުފިޔާ ހަރަދު ކުރެވޭނެއެވެ. ފަހުމުނާމާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއަރޒ ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމް އަދި ސިއްޙީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އާމިނަތު ޝިރުނާއެވެ. ޓެލެސީމިއާ ބަލީ ކުދިންނަށް ބޯންމެރޯ ހެދުމަށް މީހެ ކުރިންވެސް އެހީތެރިކަން ފޯރޮކޮއްދެއެވެ. ނަމަވެސް މިއަހަރު އެހެން އަހަރުތަކާޚިލާފަށް އެހީތެރިކަން ފޯރުކޮށްދޭ ކުދިންގެ އަދަދު ގިނައެވެ.

ހިއްސާކުރައްވާ