ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންނަށް ޒަކާތަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންނަށް ޒަކާތަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ހޮނިހިރު ދުވަހު ކުރިއަށްދިޔަ މި ސެޝަނުގައި އެ ސްކޫލްގެ ގުރޭޑު 9 އަދި 10 ގެ ދަރިވަރުން ވަނީ ބައިވެރިވެލައްވާފައެވެ. ޒަކާތާއި ގުޅޭ ސެޝަންތައް ނަންގަވައިދެއްވީ ޒަކާތު ހައުސްގެ ފަންޑް މެނޭޖަރ އަލްފާޟިލް ޢަބްދުﷲ ޢަލީ، އައްޝައިޚް މުޙައްމަދު ނައުޝީރު އަދި  އައްޝައިޚް މޫސާ މުޢިއްޒު އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް އެޑިއުކޭޝަން އެންޑް އެވެއަރނެސް ޔުނިޓް އަދި ޒަކާތު ހައުސް ގުޅިގެން ކޮންމެ ހޮނިހިރު ދުވަހެއްގައި ވެސް ރިސާލަތު އަދި ޒަކާތު އެވެއަރނެސް ސެޝަންތަކެއް މަދަރުސާ ކުދިންނަށް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާކުރައްވާ