އިސްރަށްވެހިންގެ ނާދީގައި ޒަކާތަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

އިސްރަށްވެހިންގެ ނާދީގައި ޒަކާތަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފިއެވެ.

ޕްރޮގުރާމް ޙާއްސަ ކޮއްފައިވަނީ އިސް ރަށްވެހިންގެ އަންހެން ބޭފުޅުންނަށެވެ. ޕްރޮގުރާމުގައި މަޢުލޫމާތު ދެއްވާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން އެތަނުގެ އިސް ބޭފުޅުންނެވެ. އެގޮތުން ޒަކާތުގެ ނިޒާމާއި ޒަކާތު ފަންޑުން ހޭދަކުރެވޭ ކަންކަމުގެ ތަފްސީލީ މަޢުލޫމާތު މި ސެޝަން މެދުވެރިކޮށް ހިއްސާ ކުރައްވާފައިވެއެވެ.

މިއީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް އެޑިއުކޭޝަން އެންޑް އެވެއަރނެސް ޔުނިޓް އަދި މޯލްޑިވްސް ޒަކާތު ހައުސް ގުޅިގެން ކުރިއަށްގެންދެވުނު ސެޝަނެކެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވި ފަހުން އާއްމުން ޒަކާތަށް ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ހިއްސާކުރައްވާ