ޒަކާތު ކައުންސިލް މެންބަރެއްގެ ގޮތުގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ 4 ބޭފުޅެއްގެ އަގުވަޒަންކޮށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސް ގެ ޖެއަރމަން ޑޮކްޓަރ މުޙައްމަދު ޝަޙީމު ޢަލީ ސަޢީދު އެކަމުގެ ހަދާނީލިޔުން ދެއްވައިފިއެވެ. ހަނދާނީލިޔުން ދެއްވާފައިވަނީ 2024 ވަނަ އަހަރުގެ 25 ވަނަ ޒަކާތު ކައުންސިލް ބައްދަލުވުމުގައެވެ.
ޒަކާތު ކައުންސިލަކީ ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ޤާއިމުކޮށްފައިވާ ޒަކާތު ޓްރަސްޓް އެކައުންޓްގެ ޓްރަސްޓް ސްޓޭޓްމަންޓްގައިވާ ގޮތުގެމަތީން، ޒަކާތު ފަންޑު ހިންގާ ބެލެހެއްޓުމަށާއި، ފަންޑަށް ލިބޭ ޒަކާތުގެ ފައިސާ ޝަރުޢީ މިންގަނޑާ އެއްގޮތަށް ހޭދަކުރުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުމަށާއި، ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މިނިސްޓަރ ޢައްޔަންކުރާ ޒަކާތު ފަންޑު ކޮމިޓީ ގެ މަސައްކަތްތައް ކުރިއަށްގެންދާނެގޮތް ބަޔާންކޮށްދިނުމަށްޓަކައި އެކުލަވާލާފައިވާ އުސޫލުގެ ދަށުން ހިންގާ ކޮމެޓީއެކެވެ. މި ޓްރަސްޓް އެކައުންޓް ހިންގާ ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ އެކި އިދާރާތައް ހިމެނޭގޮތުން ކޮމިޓީއެއް އުފައްދައި، ޓްރަސްޓްގައި ހުންނަ ފައިސާ ދީނީގޮތުން ކަނޑައެޅިފައިވާ ފަރާތްތަކަށާއި، އަދި މުޖްތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ޒަކާތުން ޚަރަދުކުރުން ހުއްދަ ކަންކަމަށް، ޚަރަދުކުރާނެ ފައިސާގެ މިންވަރު ކަނޑައަޅައި، ޒަކާތު ފަންޑު ހިންގުމުގައި މިނިސްޓަރަށް އިރުޝާދާއި ލަފާ އެރުވުމަށް، އެކުލަވައިލެވިފައިވާ ކޮމެޓީއެކެވެ.
ޒަކާތު ކައުންސިލުން އަގުވަޒަންކޮށް ހަނދާނީީ ލިޔުން އަރުވައިފައިވަނީ:
ޒަކާތު ފަންޑުގެ އެހީތެރިކަމަށް އެދި ޢާންމުން ހުށަހަޅާ މައްސަލަތައް ބަލައި ދިރާސާކޮށް ގޮތް ނިންމުމަށްޓަކައި މި ކައުންސިލްގެ ބައްދަލުވުން ކޮންމެ ހަފުތާއަކު އެއްދުވަހު ބޭއްވެއެވެ.
މިގޮތުން ދުވަހުން ދުވަހަށް ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި ޒަކާތު ކޮމެޓީގެ ދަށުން އިދާރީ މަސައްކަތް ކުރުމަށް އިތުރު ތިން ކޮމެޓީ އޮވެއެވެ. އެއީ މަތީ ތަޢުލީމް އުގެނުމަށް އެހީދޭ ކޮމެޓީ، ބޭސްފަރުވާގެ ކަންކަމަށް އެހީދޭ ކޮމެޓީއެވެ. އަދި މީގެ އިތުރުން ޒަކާތާގުޅޭ ޝަރުޢީ ލަފާދޭ ކޮމެޓީއެއް އޮވެއެވެ.