އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްސަކޮށް ޒަކާތަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފި

އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްސަކޮށް ޒަކާތަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފި

އާއްމުން ޒަކާތަށް ހޭލުންތެރިކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގުރާމުތަކުގެ ތެރެއިން  ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫއެމް)ގެ ދަރިވަރުންނަށް ޚާއްސަކޮށް ޒަކާތަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމް ކުރިއަށް ގެންގޮސްފިއެވެ.

"ޒަކާތުގެ ނިޒާމް" މި މަޢުޟޫއަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މިސެޝަންގައި އެ ޔުނިވަރސިޓީގެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އައިޔޫއެމްގައި ކުރިއަށްގެންދެވުނު ސެޝަންތައް ނަންގަވައިދެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް، އައްޝައިޚް އިއްޒުއްދީން އަދުނާން، އައްޝައިޚް ޖަންނަތު ސަޢީދު، އައްޝައިޚް މޫސާ މުޢިއްޒު އަދި އައްޝައިޚް މުޙައްމަދު ނައުޝީރެވެ.

ޒަކާތު ހައުސް އުފެދިގެން އައި ހިސާބުން ޒަކާތަށް އާންމުންނާއި، ސްކޫލް އަދި ޔުނިވަރސިޓީ ތަކުގެ ދަރިވަރުން ހޭލުންތެރި ކުރުމުގެ ގޮތުން ސެޝަންތައް ދަނީ ނަގައިދެމުންނެވެ. އެގޮތުން އަތޮޅުތެރެއާއި މާލޭގެ ސްކޫލްތަކާއި އިސްރައްވެހިންނަށް ޚާއްސަ ސެޝަންތަކެއްވެސް ޒަކާތު ހައުސްގެ ފަރާތުން ވަނީ ކުރިއަށްގެންގޮސްފައެވެ.

ހިއްސާކުރައްވާ