ޒަކާތު ހައުސް އިން ޕެންޝަން އޮފީހާއި ބައްދަލުކުރަށްވައިފި

ޒަކާތު ހައުސް އިން ބާއްވާ (އިންޒެކް 2024) ކޮންފަރެންސްގައި ބައިވެރިވުމަށްއެދި ޕެންޝަން އޮފީހާއި ބައްދަލުކުރަށްވައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ވަނީ 28 ނޮވެމްބަރު 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2024) އާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި، ޒަކާތު ހައުސްއިން ވަނީ ކޮންފަރެންސްގެ އެއް ސެޝަނެއްގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވުމަށް އެމްޕީއޭއޯގައި އެދިފައެވެ. އަދި އެމްޕީއޭއޯއިން ވަނީ މި ކޮންފަރެންސްގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
މި ބައްދަލުވުމުގެ ބޭނުމަކީ ދެ މުއައްސަސާ ގުޅިގެން މަސައްކަތްކޮށް، (އިންޒެކް 2024) ގެ ކާމިޔާބުކުރުމަށް ގުޅިގެން މަސައްކަތްކުރުމެވެ. އަދި ދިވެހިރާއްޖޭހެ ޒަކާތުގެ ނިޒާމަކީ ހަރުދަނާ ނިޒާމަކަށް ހެދުމެވެ.

ހިއްސާކުރައްވާ