ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި އިންސިފް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި.

ދިވެހިރާއްޖޭގެ ޒަކާތުހައުސްގެ ވަފުދު މެލޭޝިޔާއަށް ކުރާ ދަތުރުގައި މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި.
މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ފަންނީ އެހީތެރިކަން ހޯދުމާއި މުވައްޒަފުން ތަމްރީނުކުރުމާއި އިސްްލާމީ އިޤުތިޞާދު ކުރިއެރުވުމަށް ދެފަރާތުގެ ދެމެދުގައި ކުރެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ޒަކާތު
ހައުސްގެ ފަރާތުން ސޮއިކުރެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އުސްތާޛު އިއްޒައްދީން ޢަދްނާން އެވެ. މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮފެސަރ ޑރ ޢައިޝަތު މުނީޒާއެވެ.
މެލޭޝިޔާއަކީ ޒަކާތުގެ އިދާރީ އެންމެ ހަރުދަނާ ނިޒާމު އޮންނަ އިސްލާމީ އެއް ޤައުމެވެ.  ރާއްޖޭގެ ޒަކާތު ހައުސްގެ ވަފުދުން ވަނީ މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީގެ އިތުރުން މެލޭޝިޔާގެ ޒަކާތު އޮފީސްތަކަށް ވަޑައިގެން ތަމްރީނު ހޯއްދަވާފައެވެ.
ހިއްސާކުރައްވާ