ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުުރުމަށްޓަކައި ޒަކާތު ހައުސް އުފެއްދެވިކަން 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރައްވާ، އެ ދުވަހުން ފެށިގެން ޒަކާތު ހައުސްއިން ކުރި މަސައްކަތްތަކުން ރައްޔިތުންނާއި ޤައުމަށް ބޮޑެތި މަންފާތަކެއް ލިބިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް މިހާރު ޤާއިމްކޮށްދޭން ފަށާފައިވާކަމަށާއި، ޒަކާތުގެ ނިޒާމު ލާބަހުރި ޒަމާނީ ގޮތެެއްގައި ތަރުތީބުކުރުމަށްޓަކައި ހަދަންޖެހޭ އުސޫލުތަކާއި ޤަވާއިދުތައް އެކުލަވާލާ ފާސްކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ޒަކާތުގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިޔަށް ގެންދިޔުމަށްޓަކާ ބޭނުންވާ ފަންނީ ޤާބިލުކަން ލިބިގަތުމަށް ޓަކާ، "އިންޒެކް" އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް ބޭއްވިފައިވާކަމަށާއި ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާންފެށުމުން ޤައުމުގެ މާލީ އިޖުތިމާޢީ ޢަދާލަތަށް، ނުވަތަ މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް، ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެެއްދެވިތާ އެއް އަހަރުވެފައިވާއިރު، ޒަކާތަށް ހޭލުންތެރިކުރުމުށާއި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ޒަކާތު ހައުސްއިން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ކުރި މަސައްކަތްތަކާއެކު ފާއިތުވެދިޔަ 2024 ވަނަ އަހަރަކީ މުދަލު ޒަކާތުގެ ގޮތުގައި ފުރަތަމަ ފަހަރަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިގެންދިޔަ އަހަރެއްކަން ފާހަގަކޮށްލެވެއެވެ