މާލޭ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަން އިސްކަންދަރު ސްކޫލަށް ބަދަލުކުރެވިއްޖެ

މާލޭ ސިޓީގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ތަން އިސްކަންދަރު ސްކޫލަށް ވަނީ ބަދަލުކުރެވިފައެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރުޒަކާތް ދެއްކުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު، 22 ރަމަޟާން 1446 (22 މާރިޗު 2025) ވާ ހޮނިހިރު ދުވަހުން ފެށިގެން، 27 ރަމަޟާން 1446 (27 މާރިޗު 2025) ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ.

ކުރިން ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލުގެ ޞަލާހުއްދީން ހޯލުގައެވެ. ނަމަވެސް މިހާރުވަނީ އިސްކަންދުރު ސްކޫލަށް ބަދަލުކުރެވިފައެވެ. އެގޮތުން 13:00 ން 16:00 ޒަކާތް ބަލައިގަތުން ކުރިއަށް ގެންދެވޭނެއެވެ.

ފިޠުރުޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު ޢާންމު ގޮތެއްގައި އަހަރުތެރޭ ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ތަކެތި:

– އާދައިގެ ހަނޑޫ

– ތައިލެންޑް ހަނޑޫ

– ބާސްމަތީ ހަނޑޫ

– ރަތް ހަނޑޫ

– ގޮދަން ފުށް

– އާޓާ ފުށް

އަތޮޅުތެރޭގައި ގޮވާމުން ފިޠުރުޒަކާތް ބަލައިގަތުން އެ ރަށެއްގެ ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެ މަތިން ބަލައިގަނެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައިވާ ފަރާތްތަކަށް ބެހުމަށް ވާނީ ހުއްދަދެވިފައެވެ.

ހިއްސާކުރައްވާ