ޒަކާތު ހައުސްގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފި

ދިވެހިރާއްޖޭގެ ޒަކާތު ހަުއުސްގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފިއެވެ.

ޒަކާތު ހައުސް އަހަރީ ރިޕޯޓް 2024

މިކަމަށްޓަކައި މިއަދު މެންދުރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާބެހޭ ވުޒާރާ އާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒު އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުވެސް ވަނީ ނެރެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަދި ޒަކާތު ހައުސްގެ ޗެއަރމަން ވިދާޅުވީ، މި ރިޕޯޓުގައި ހިމެނިފައިވާ މިދިޔަ އަހަރު ކުރެވުނު ކަންތައްތަކަކީ ވުޒާރާއާއި ވުޒާރާގެ ދަށުން ހިންގާ އިދާރާތަކުގެ އެންމެހާ މުވައްޒަފުން ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާކަމަށާއި ދިވެހިރާއްޖޭގެ އިސްލާމީކަންތައްތައް ކުރިއެރުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ޤައުމީ މުހިއްމު މަސައްކަތެއްކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މިއަހަރަކީ 2024 ވަނަ އަހަރަށްވުރެ ކާމިޔާބު އަހަރެއްކަމަށާއި މިހާތަނަށްވެސް ކާމިޔާބު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

ހިއްސާކުރައްވާ