ޒަކާތު ސުވާލު މުވާރާތުގެ 1 ވަނައަށް ދިޔަފަރާތް ގުރުއަތުން ހޮވައިފި!

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ރަމަޞާން މަހު ކުރިއަށް ގެންދިޔަ ޒަކާތު ސުވާލާތު މުވާރާތުން 1 ވަނައަށް ދިޔަފަރާތް ގުރުއަތުން ހޮވައިފިއެވެ.

ޒަކާތު ސުވާލު މުބާރާތް ކުރިއަށް ގެންދެވިފައިވަނީ ޒަކާތު ހައުސްގެ ފޭސްބުކް ޕޭޖުގައި 1446 ހ. ވަނަ އަހަރުގެ ރަމަޟާން މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ 8 ވަނަ ދުވަހާ ހަމައަށް 30 ދުވަހުގެ މުއްދަތަށެވެ. މިއީ އާންމުން ޒަކާތަށް ހޭލުންތެރިކުރުމަށްޓަކައި، މުދަލު ޒަކާތާއި ފިޠުރުޒަކާތާގުޅޭ ޢާންމު އަދި ޚާއްޞަ މަޢުޟޫމާތުގެ ހިމެނޭގޮތަށް ބޭއްވިފައިވާ ކުއިޒް އެކެވެ. މި މުބާރާތުގައި ޖުމުލަ 707 އާންމު ބޭފުޅުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ ގުރުއަތުން ނެގިފައިވަނީ ހުރިހާ ސުވާލެއްގެ ރަނގަޅު ޖަވާބު ދެއްވާފައިވާ ބޭފުޅުންގެ މެދުގައެވެ. އެގޮތުން 1 ވަނައަށް ދާ ފަރާތަކަށް އިނާމެއްގެ ގޮތުން އުމްރާ ދަތުރެއް ވަނީ ހުށަހަޅާފައެވެ.

ސުވާލު މުބާރާތުގެ 1 ވަނައަށް ދިޔަ ފަރާތް ހޮވުމަށް ގުރުަތުންނެގުމުގެ ރަސްމިއްޔާތު ފޭސްބުކްގައި ލައިވްކޮއްފައެވެ. އަދި ރައްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް ޢަބްދުﷲ ސަޢްދާން ގުރުއަތު ނަންގަވާ ވާހަކަފުޅު ދައްކަވާފައިވެއެވެ. ސްޓޭޓް މިނިސްޓަރ ދެއްކި ވާހަކަފުޅުގައި ދީނީ އެކިއެކި ކަންކަމަށް ހޭލުންތެރިކުރުމުގެ މާތްކަމާ ގުޅޭގޮތުން އަލި އަޅުވާފައިވެއެވެ. އަދި ޒަކާތު ހައުސް އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީ އާމުންނަށް އޭގެ ފޮނިމީރުކަން ލިބޭނެ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްކަމާއި، ދީނީ މިފަދަ އެކިއެކި މަޢުޟޫމާތު ލިބޭ ޕްރޮގްރާމްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މީގެއިތުރުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ފަޟީލަތުއްޝައިޚް ޢިއްޒައްދީން އަދުނާން ވަނީ ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ކޮންމެއަހަރެއްގެވެސް ރަމަޟާން މުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ދީނީހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޕްރޮގްރާމްތައް ރާވާ ހިންގައެވެ އެގޮތުން ދީނީ މަޢުޟޫމާތު ދިނުމުގެ ގޮތުން ބޭއްވޭ އިޙްޔާ ފޯރަމްތަކާއި، މިސްކިތު ދަރުސްތަކާއި ކުޑަކުދިންނަށް ކުޅިވަރުގެ ތެރެއިން ދީނީ މަޢުޟޫމާތު ދިނުމަށް ބޭއްވޭ ކުޑަކުދިންގެ ހަވީރު ފަދަ ކަންކަން ފާހަގަކޮއްލެވެއެވެ.
 

ހިއްސާކުރައްވާ