Eng

ޒަކާތު ކޮންފަރެންސްގައި ބައިވެރިވުމުގެ ސުންގަޑި މާދަމާ ހަމަވާނެ

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކުރިއަށްގެންދަން ހަމަޖެހިފައިވާ "ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ގައި ބައިވެރިވުމުގެ ސުންގަޑި މާދަމާ ހަމަވާނެއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއަށްގެންދާ ދެވަނަ ޒަކާތު ކޮންފަރެންސް، އިންޓަރނޭޝަަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް)ގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ސުންގަޑި އަކީ 21 އޯގަސްޓު 2025 (މާދަމާ) 18:00 އެވެ. މިމަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޒަކާތު މަހާސިންތާގައި ބައިވެރިވާން ބޭނުންވާ އާންމު ފަރުދުންނަށްވެސް އެފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އިންޒެކްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ކަރުދާހާއެކު ތައްޔާރު ކުރެވިފައިވާ ގޫގުލް ލިންކު https://forms.gle/xRcrmAgDUL9GwUvcA މެދުވެރިކޮށް  ރަޖިސްޓަރ ކުރެވޭނެއެވެ.

މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސުގައި މިއަހަރަށް ކަނޑައަޅާފައިވާ ތީމަކީ، "ޒަކާތު ފޯ ސޯޝަލް ޖަސްޓިސް އެންޑް ޑިޖިޓަލް އިންކްލޫޝަން: އެޑްވާންސިންގ ސޯޝަލް ވެލްފެއަރ ތުރޫ އިނޮވޭޝަން" އެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސެކެވެ.

ހިއްސާކުރައްވާ