ސިވިލް ސަރވަންޓުން ޒަކާތަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާ ބައްދަލުކޮށް، މުހިންމު މަޝްވަރާތަކެއް ކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ޒަކާތުހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިއްޒައްދީން އަދުނާން، އަދި ފަންޑު މެނޭޖަރ ޢަބްދުﷲ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ. ޒަކާތު ހައުސްއިން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ މައުލޫމާތުގެ ވަނީ ޚިއްސާ ކޮއްފައެވެ. އަދި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭ މަޝްވަރާ ވަނީ ކުރެވިފައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދިގެން އައި ހިސާބުން ޒަކާތަށް އާންމުންނާއި، ސްކޫލް އަދި ޔުނިވަރސިޓީ ތަކުގެ ދަރިވަރުން ހޭލުންތެރި ކުރުމުގެ ގޮތުން ސެޝަންތައް ދަނީ ނަގައިދެމުންނެވެ. އެގޮތުން އަތޮޅުތެރެ އާއި މާލޭގެ ސްކޫލްތަކާއި ސެޝަންތަކެއްވެސް ޒަކާތު ހައުސްގެ ފަރާތުން ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް 2 ވަނަ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާ ބާއްވަން އަންނަނީ ތައްޔާރީތައް ވަމުންނެވެ.