"މޯލްޑިވްސް ޒަކާތު ހައުސް" އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން "މޯލްޑިވްސް ޒަކާތު ހައުސް" ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އުފައްދަވައިފިއެވެ.

ހަފުތާ 14ގައި އެމަނިކުފާނު ހިމަނުއްވައިފައިވާ "މޯލްޑިވްސް ޒަކާތު ހައުސް" އުފެއްދުމުގެ މަޤްސަދަކީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ މަންފާ އިތުރުކޮށް، ޒަކާތުގެ ހައްގުވެރިންނަށް ޒަކާތުގެ ނަފާ ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތުގެ ނިޒާމާއި ފަންޑު އިތުރަށް ކުރެއެރުވުމެވެ.

ޒަކާތުގެ ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ޒަކާތް ހައްގުވާ ބެހެނިވެރިންނަށް ޒަކާތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކޮންމެ މަހަކު މުދަލު ޒަކާތުގެ ނިސާބު އިއުލާނުކުރުމާއި، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލުމާއި އަދާހަމަކުރުން ހިމެނޭނެއެވެ.

 

ހިއްސާކުރައްވާ