އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ޒަކާތަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ޒަކާތަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ހޮނިހިރު ދުވަހު ކުރިއަށްދިޔަ މި ސެޝަނުގައި އެ ސްކޫލްގެ ގުރޭޑު 7 އަދި 9 ގެ ދަރިވަރުން ވަނީ ބައިވެރިވެލައްވާފައެވެ. ޒަކާތާއި ގުޅޭ ސެޝަންތައް ނަންގަވައިދެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިއްޒައްދީން އަދުނާން, އައްޝައިޚް މުޙައްމަދު ނައުޝީރު, އައްޝައިޚް މޫސާ މުޢިއްޒު އަދި އަލްފާޟިލް ޢަބްދުﷲ ޢަލީއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް އެޑިއުކޭޝަން އެންޑް އެވެއަރނެސް ޔުނިޓް އަދި ޒަކާތު ހައުސް ގުޅިގެން ކޮންމެ ހޮނިހިރު ދުވަހެއްގައި ވެސް ރިސާލަތު އަދި ޒަކާތު އެވެއަރނެސް ސެޝަންތަކެއް މަދަރުސާ ކުދިންނަށް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާކުރައްވާ