ޒަކާތަށް އާއްމުން ހޭލުންތެރިކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގުރާމުތަކުގެ ތެރެއިން އިސްލާމިކް ޔުނިވާސިޓީގެ މުވައްޒަފުންނަށް ޒަކާތަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމްު ކުރިއަށް ގެންގޮސްފިއެވެ.
އިސްލާމިކް ޔުނިވާސިޓީގައި ކުރިއަށްދިޔަ މި ދަންފަޅީގައި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ އިތުރުން ޔުނިވާސިޓީގެ އިސް ބޭފުޅުންނާއި ގިނަ މުވައްޒަފުންވަނީ ބައިވެރިވެލައްވާފައެވެ. އައިޔޫއެމްގައި ކުރިއަށްދިޔަ މި ދަންފަޅި ނަންގަވައިދެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް، އައްޝައިޚް އިއްޒުއްދީން އަދުނާން އަދި އައްޝައިޚް މޫސާ މުޢިއްޒުއެވެ.
ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ޒަކާތު ހައުސް އުފެއްދެވި ފަހުން ޒަކާތަށް އާއްމުން ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ.