ފުދުންތެރިކަންނެތް 140 މީހަކަށް ޒަކާތު ފަންޑުން ޖުލައިމަހު ބޭސްފަރުވާކުރުމަށް އެހީތެރިކަން ފޯރުކޮށްދީފި

ނިމިދިޔަ ޖުލައިމަހު ޒަކާތު ފަންޑުން ފުދުންތެރިކަންނެތް 140 މީހަކަށް ބޭސްފަރުވާ ކުރުމަށް  އެހީތެރިކަންފޯރުކޮށްދީފައިވެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންވަނީ ޖުލައިމަހުގެ، ޒަކާތު ފަންޑު ތަފާސްހިސާބު އާއްމުކޮށްފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން މައިގަނޑު 5 ކަމަކަށް ޒަކާތު ފަންޑުގެ ފަޤީރުންނާއި މިސްކީނުންގެބައިން ބޭސްފަރުވާގެ އެހީ ދީފައިވެއެވެ. އެއީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށާއި، ހިތުގެ އޮޕަރޭޝަން ކުރުމަށާއި، ކިޑްނީ ބަލިތަކަށާއި، ގުނަވަންތައް ބަދަލުކުރުމަށާއި، ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށެވެ. އަދި އެހިނެހެން ބޭނުންތަކަށްވެސް ޒަކާތު ފަންޑުން އެހީ ދީފައިވެއެވެ.

ޖުލައިމަހުތެރޭ އެހީގެގޮތުގައި ހަމަޖެހިފައިވަނީ ޖުމްލަ 1.2 ރުފިޔާއެވެ. އަދި ޖުމްލަ 1.05 މިލިޔަން ރުފިޔާވަނީ ހޭދަކުރެވިފައެވެ.
އިތުރު ތަފްސީލް:
• ކެންސަރަށް ފަރުވާކުރުމަށް 373164.00 ރުފިޔާ
• ހިތުގެ އޮޕަރޭޝަންކުރުމަށް  161139.00ރުފިޔާ
• ކިޑްނީ ބަލިތަކަށް 93291.00 ރުފިޔާ
• ގުނަވަން ބަދަލުކުރުމަށް 50886.00 ރުފިޔާ
• ސިކުނޑީގެ އޮޕަރޭޝަންތަކަށް 67848.00 ރުފިޔާ
• އެހެނިހެން ބަލިތަކަށް 462607.50 ރުފިޔާ

އަލަށް އިސްލާމްވާ މީހުންނާއި، އެމީހަކަށް ނުވަތަ އެބަޔަކަށް އެހީވެދިނުމުން އެބައިމީހުން އިސްލާމް ވެދާނެކަމަށް އުންމީދުކުރެވޭ މީހުންނާއި، އެފަދަ މީހުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމްތަކަށް ކުރެވޭ ޚަރަދުގެތެރެއިން ޖުލައި މަހު އަލަށް އިސްލާމްވެފައިވާ ފަރާތަކަށް އިނާޔަތެއްގެ ގޮތުގައި ދެވިފައިވާ 3500.00 ރުފިޔާ އެހީ ދެވިފައިވެއެވެ.

ސާބިތު ދަރަނިވެރިންނަށް ދަރަނި އަދާކުރުމަށް ހަމަޖެހިފައިވާ އެހީގެ ގޮތުގައި 50000.00 ރިފިޔާވަނީ ހޭދަކޮށްފައެވެ.

ޒަކާތުފަންޑުން ދެވިފައިވާ ސްކޮލާރޝިޕްގެ ތެރެއިން 87876.00 ރުފިޔާ ހޭދަކޮށްފައިވެއެވެ.

އެހެނިހެން ޚަރަދުތަތަކުގެ ގޮތުގައި ޒަކާތު ފަންޑުން 254229.66 ރުފިޔާ ހޭދަކޮށްފައިވެއެވެ.

އެހެނިހެން ޚަރަދުތަކުގެތެރޭގައި ޒަކާތުގެ މަސައްކަތްކުރުމަށް ޒަކާތު ފަންޑުން މުސާރަ ދޭގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރަދިނުމަށް ޢާމިލުންގެ ބައިވެސް ހިމެނެއެވެ.

ހިއްސާކުރައްވާ