މުލަކަތޮޅު ކައުންސިލާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސް ގުޅިގެން އެއަތޮޅުގައި ޢާއްމުން ޒަކާތަށް ހޭލުންތެރި ކުރުވުމަށް ޒަކާތު ހައުސް ޓީމެއް އެއަތޮޅަށް ފުރައިފި

މުލަކަތޮޅު ކައުންސިލާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސް ގުޅިގެން އެއަތޮޅުގައި ޢާއްމުން ޒަކާތަށް ހޭލުންތެރި ކުރުވުމަށް ޒަކާތު ހައުސް ޓީމެއް އެއަތޮޅަށް ފުރައިފިއެވެ. މި ދަތުރުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން މިމަހުގެ 21- 25 ނިޔަލަށް ޒަކާތައް އާންމުން ހޭލުންތެރިކުރުމަށް ވަނީ ސެޝަންތަކެއް ރާވާފައެވެ. މިއީ މުލަކު އަތޮޅު ކައުންސިލްއިން އިސް ނެގުމުގެ މަތީން އެ އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށުގައި ހިންގުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.. އެގޮތުން، މ. މަޑުއްވަރި، މ. ދިއްގަރު، މ. ރަތްމަންދޫ، މ. މުލި، މ. މުލަކު، މ. ވޭވަށް، މ. ނާލާފުށި އަދި މ. ކޮޅުފުށިގައި އާންމުންނާއި ކިޔާވާކުދިންނަށް ޕްރޮގްރާމް ހިންގުމަށް ވަނީ ރޭވިފައެވެ.

މ. މުލީ: 21 އޮގަސްޓު 2024 / 20:00 – 22:00 (މ. އަތޮޅު ތަޢުލީމީ މަރުކަޒު)

މ. މުލަކު: 21 އޮގަސްޓު 2024 / 16:00 – 18:00 (މުލަކު ސްކޫލް ހޯލު)

މ. ރަތްމަންދޫ: 22 އޮގަސްޓު 2024 / 09:00 – 11:00 (ރަތްމަންދޫ ސްކޫލް)

މ. މަޑުއްވަރި: 22 އޮގަސްޓު 2024 / 13:00 -15:00 (މަޑުއްވަރި ކައުންސިލް އިދާރާ "ދަސްވަނި މާލަމް")

މ. ވޭވަށް: 22 އޮގަސްޓު 2024 / 20:00 – 22:00 (ވޭވަށު ސްކޫލް)

މ. ނާލާފުށި: 23 އޮގަސްޓު 2024 / 20:00 – 22:00 (ނާލާފުށި ސްކޫލް)

މ. ކޮޅުފުށި: 23 އޮގަސްޓު 2024 / 09:00 – 11:00 (މ. އަތޮޅު ސްކޫލް)

މ. ދިއްގަރު: 24 އޮގަސްޓު 2024 / 16:00 – 18:00 (ދިއްގަރު ސްކޫލް "އަލިކަލޭގެފާނު މަލާމް")

ޒަކާތު އެވެއަރނެސް ޕްރޮގްރާމަކީ އާންމުން މުދަލު ޒަކާތަށް ހޭލުންތެރި ކުރުމާއި، އަދި މުދަލު ޒަކާތް ދެއްކުމަށް ބާރު އެޅުމުގެ ގޮތުން ޒަަކާތު ހައުސްއިން ކުރިއަށް ގެންދާ ޕޮރޮގުރާމެކެވެ.

ހިއްސާކުރައްވާ