މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ބަހަންފަށައިފި

މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހަންފަށައިފި

2021 ވަނަ އަހަރުންފެށިގެން މިއަދާއި ހަމައަށްއޮތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކަށް ފައިސާ ޖަމާކުރަމުންދަނީ އެފަރާތްތަކުގެ އެކައުންޓުތަކަށެވެ.

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ބަހަމުންދަނީ މާލެ އާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް ބޮލަކަށް 4000 ރުފިޔާއެވެ. 2024 ވަނަ އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެގިނައިން ބޮލަކަށް ބަހާ އަހަރެވެ. 2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ.

ފަޤީރުންނާއި މިސްކީނުންނަށް ޒަކާތު ފަންޑުން ސީދާ ގޮތުންނާއި ނުސީދާގޮތުން އެކި ހޭދަތަށް ކުރެވިގެންދެއެވެ. އެގޮތުން ޟަރޫރީ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ބޭސްފަރުވާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ޚާއްސަ ޙާލަތާއި ކުއްލި ޙާލަތު މެދުވެރިވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. 2024 ވަނަ އަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16781610.99 (ސޯޅަ މިލިއަން ހަތްލައްކަ އައްޑިހަ އެއްހާސް ހަސަތޭކަ ދިހަ ރުފިޔާ ނުވަދިހަ ނުވަ ލާރި) ދޫކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ  9353.40 ރުފިޔާ އެވެ. މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.

ހިއްސާކުރައްވާ