އޯގަސްޓު މަހުގައި 130 މީހަކަށް 7 ލައްކަ ރުފިޔާއަށްވުރެން ގިނައިން ޒަކާތުފަންޑުން އެހީދެވިފައިވޭ!

ނިމުނު އޯގަސްޓު މަހުގައި 130 ފަރާތަކަށް 733436.60 ރުފިޔާ އެހީގެ ގޮތުގައި ޚަރަދު ކުރެވިފައިވާކަމަށް ދިވެހިރާއްޖޭގެ ޒަކާތުހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި އޯގަސްޓް މަހުގައި އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ޢަދަދަކީ 1123400.27 ދިވެހި ރުފިޔާއެވެ.

ޒަކާތު ފަންޑުން ބޭސްފަރުވާގެ ހަތަރު ކަމަކަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. އެގޮތުން ކެންސަރު ބައްޔާއި، ހިތުގެ އޮޕަރޭޝަން، ކިޑްނީ ބަލިތަކާއި، ސިކުނޑީގެ އޮޕަރޭޝަންގެ ހިމެނެއެވެ. މިގެ އިތުރުން އެހެނިހެން ކަންކަމަށްވެސް ޒަކާތުފަންޑުން ވަނީ އެހީދީފައެވެ. ޒަކާތު ފަންޑުން އޯގަސްޓު މަހުގައި އެހީގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލު ތިރީގައި އެވަނީއެވެ.

  • ކެންސަރަށް ފަރުވާ ކުރުން (385885.00 ރުފިޔާ)
  • ހިތުގެ އޮޕަރޭޝަން ކުރުމަށް (25443.00 ރުފިޔާ)
  • ކިޑްނީ ބަލިތަކަށް ފަރުވާ ކުރުމަށް (157205.00 ރުފިޔާ)
  • ސިކުނޑީގެ ބަލިތަކަށް ފަރުވާ ކުރުމަށް (157205.00 ރުފިޔާ)
  • ސިކުނޑީގެ އޮޕަރޭޝަން ކުރުމަށް (130886.00 ރުފިޔާ)
  • އެހެނިހެން (4125500.27 ރުފިޔާ)

މަތީގައި އެހެނިހެން ގޮތުގައި ބަޔާންކުރެވިފައި ވަނީ ވަޤުފު އުފެއްދުމާއި އިދާރީ މުވައްޒަފުންގެ އުޖޫރައަށެވެ. އެގޮތުން ވަޤުފް އިމާރާތް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް 37800 ރުފިޔާ ވަނީ ހޭދަވެފައެވެ. މީގެ އިތުރުން ޒަކާތު މަސައްކަތް ކުރުމަށް ޒަކާތު ފަންޑުން މުސާރަދޭ ގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރަ ދިނުމަށް ޢާމިލުންގެ ބައިން ޚަރަދު ކުރެވިފައިވަނީ 268276.72 ރުފިޔާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

ހިއްސާކުރައްވާ