ޒަކާތަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ މުވައްޒަފުންނަށް ބާއްވައިފި

ޒަކާތަށް ސަރުކާރު މުވައްޒަފުން އަދި ސަރުކާރު ޙިއްވާ ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގުރާމުތަކުގެ ތެރެއިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ މުވައްޒަފުންނަށް ޒަކާތަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމްު ކުރިއަށް ގެންގޮސްފިއެވެ.

އެސް.ޓީ.އޯ ޓްރޭޑިންގ ސެންޓަރގައި ކުރިއަށްދިޔަ މި ދަންފަޅީގައި އެ އެކުންފުނީގެ އިސް މަޤާމުތަކުގެ މުވައްޒަފުންގެ އިތުރުން އެކި ޑިޕާޓްމަންޓްގެ ގިނަ މުވައްޒަފުންވަނީ ބައިވެރިވެލައްވާފައެވެ. މި ދަންފަޅި ނަންގަވައިދެއްވީ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް، އައްޝައިޚް އިއްޒުއްދީން އަދުނާން، ޢަބްދުﷲ ޢަލީ، އައްޝައިޚް މުޙައްމަދު ނައުޝީރު އަދި އައްޝައިޚް މޫސާ މުޢިއްޒުއެވެ. މި ސެޝަންގައި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމް އަދި ޒަކާތުގެ ޙުކުމްތަށް އަލިއަޅުވާލެވޭނެއެވެ. 

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދިގެން އައި ހިސާބުން ޒަކާތަށް އާންމުންނާއި، ސްކޫލް އަދި ޔުނިވަރސިޓީ ތަކުގެ ދަރިވަރުން ހޭލުންތެރި ކުރުމުގެ ގޮތުން ސެޝަންތައް ދަނީ ނަގައިދެމުންނެވެ. އެގޮތުން އަތޮޅުތެރެއާއި މާލޭގެ ސްކޫލްތަކާއި އިސްރައްވެހިންނަށް ޚާއްސަ ސެޝަންތަކެއްވެސް ޒަކާތު ހައުސްގެ ފަރާތުން ވަނީ ކުރިއަށްގެންގޮސްފައެވެ.

ހިއްސާކުރައްވާ