ޒަކާތު ނަފާ ޕްރޮގްރާމް ހުއްޓުމެއްނެތި ކުރިއަށް

 

ޒަކާތު ނަފާ ޕްރޮގްރާމްގެ ސްޓިއަރިންގ ކޮމިޓީން ތަންފީޒީ އިދާރާތަކާއެކު ޚާއްސަ ބައްދަލުވުމެއް ބާއްވައިފި

ފަޤީރުކަން ނައްތާލުމަށް ޚާއްޞަކޮށްގެން ހިންގާ ޒަކާތު ނަފާ ޕްރޮގްރާމްގެ ސްޓިއަރިންގ ކޮމިޓީގެ ބައްދަލުވުމެއް ތަންފީޒީ އިދާރާތަކާއެކު ބާއްވައިފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ބޭއްވި މި ބައްދަލުވުމުގައި އެކި ފަރާތްތައް އެއްތަނަކަށް ޖަމާވެ، މުޖުތަމަޢުގެ ތެރޭގައި ފަޤީރުކަން ނައްތާލުމަށް ކުރެވިދާނެ މަސައްކަތުގެ ނަތީޖާ އިތުރަށް ރަނގަޅުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތައް އެކުލަވާލެވުނެވެ.
އެގޮތުން އެހީ ބޭނުންވާ ފަރާތްތަކަށް އިތުރަށް އެހީތެރިވުމަށްޓަކައި އެންމެ ރަނގަޅު އުސޫލުތައް ކަނޑައެޅުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ. ބައްދަލުވުމުގައި ޒަކާތު ނަފާ ޕްރޮގްރާމްގެ އޮނިގަނޑު ވަރުގަދަކުރުމަށާއި، ވަސީލަތްތަކާއި އައުޓްރީޗް އިތުރުކުރެވޭނެ ވަކި ދާއިރާތައް ފާހަގަކޮށް އެކަމާ ގުޅޭ މަޝްވަރާތައްވެސް ކުރެވިފައިވެއެވެ.

މި ބައްދަލުވުމުގައި މާލީ ދަތިތަކާ ކުރިމަތިލާ ފަރުދުންނާއި ޢާއިލާތަކުގެ ދިރިއުޅުމަށް މުހިންމު ބަދަލެއް ގެނައުމަށް މަސައްކަތް ކުރުމަށް ނިންމާފައިވެއެވެ.

ހިއްސާކުރައްވާ