ޙިއްޞާގެ ޒަކާތް: ޙިއްޞާއަކީ ކޮބާ؟ އަދި ޙިއްޞާ ގަތުމުގެ ޙުކުމަކީ ކޮބާ؟

ޙިއްޞާ ނުވަތަ ޝެއަރ އަކީ ކުންފުންޏެއްގެ ރައުސްމާލުގެ ތެރެއިން ބައެކެވެ. އެއީ، ޙިއްޞާ ނުވަތަ ޝެއަރ ވިއްކައިގެން ކުންފުންޏަށް މާލީ ތަނަވަސްކަން ހޯދުމަށްޓަކައި، އެންމެ ފުރަތަމަ އެ ވިއްކާއިރު ޙިއްޞާގެ މޫނުމަތީ އަގު ވަކިވަރަކަށް ކަނޑައެޅުމަށްފަހު ވިއްކާ އެއްޗެއްކަމުގައި ވާ ފަދައިން، މީހުން އެއަށް ބޭނުންވާ މިންވަރެއްގެ މައްޗަށް ބީނާކޮށް އެއަށް ބާޒާރުގައި ވަކި އަގެއް އޮންނަ އެއްޗެކެވެ. އަދި ޙިއްޞާތަކުގެ އަގަށް ބިނާކޮށް އެ ކުންފުންޏެއްގެ ރައުސުލްމާލު މިންކުރެވެއެވެ.[1]

އިސްލާމް ދީނުގައި ހުއްދަ ވިޔަފާރިއެއް ނުވަތަ މުޢާމަލާތެއް ކުރާ ކުންފުންޏެއްނަމަ އެ ކުންފުނީގެ ޙިއްޞާ ގަނެ އެއިން ފައިދާ ހޯދުމަކީ ހުއްދަކަމެކެވެ. އަދި ހުއްދަ ނޫން ޙަރާމް ވިޔަފާރިއެއް ނުވަތަ މުޢާމަލާތްތަކެއް ކުރާ ކުންފުންޏެއްނަމަ އެފަދަ ކުންފުންޏެއްގެ ޙިއްޞާ ގަތުމަކީ ހުއްދަކަމެއް ނޫނެވެ. ހުއްދަ މުޢާމަލާތުތަކެއްތޯ ނުވަތަ ޙަރާމް މުޢާމަލާތުތަކެއްތޯ ކުރަނީ ކަނޑައެޅުމަށް ދަތިވެފައިވާ ކުންފުންޏެއްނަމަ އެ ކުންފުންޏެއްގެ ޙިއްޞާ ގަތުމުގެ ހުއްދަކަމާއިމެދު ޢިލްމުވެރިންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވެފައެވެ. އެގޮތުން ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެފަދަ ކުންފުންޏެއްގެ ޙިއްސާގަތުމަކީ ހުއްދަ ކަމެއް ނޫނެވެ.[2]

[1] فتاوى اللجنة الدائمة (14/299) ، الخلاصة في أحكام الزكاة

[2] الخلاصة في أحكام الزكاة (ص36) ، ޒަކާތުގެ ޙުކުމްތަކުގެ ޚުލާޞާ (ޞ33)

ހިއްސާކުރައްވާ

އިތުރު ސުވާލުތައް