ފިޠުރުޒަކާތުގެ ފައިސާއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮއްދެވިއްޖެ!

ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން 500،000.00 (ފަސް ލައްކަ) ރުފިޔާއަށްވާ އަސާސީ ކާބޯތަކެތި އިސްރާ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ޣައްޒާއަށް ހަދިޔާކުރެވިއްޖެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މި ފައިސާ ހަވާލުކޮށްފައިވަނީ އިސްރާ އެސޯއިއޭޝަނާއެވެ. އަދި އެ އެސޯސިއޭޝަނާއި ފަލަސްޠީނުގައި ހަރަކާތްތެރިވާ އެހީދޭ ފަރާތްތައް ގުޅިގެން މި އެހީ މިހާރުވަނީ ގާޒާގެ ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދީފައެވެ. މި އެހީ ފޯރުކޮށްދޭ ވީޑިއޯ ޒަކާތު ހައުސްގެ ސޯސަލްމީޑިއާގައި މިއަދު ވާނީ އާއްމުކުރެވިފައެވެ.

އެ ވީޑިއޯއިން ފެންނަނީ ގާޒާގެ ސުންނާފަތިވެފައިވާ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިވެހިންގެ ކާބޯތަކެތީގެ އެހީ ފޯރުކޯށްދޭ މަންޒަރެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް މީގެ ކުރިންވެސް ފަލަސްތީނަށް ގިނަ އެހީތަކެއް ވެދީފައިވާކަން ފާހަގަކޮށްލަމެވެ.

ހިއްސާކުރައްވާ