ތަޢާރަފް

"ދިވެހިރާއްޖޭގެ ޒަކާތު ހައުސް"ގެ ތަޢާރަފް

މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 18 ޑިސެމްބަރު 2023ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ގެ ނަމުގައި ގާއިމްކޮއްފައިވާ އިދާރާއެކެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް ތަބާވާ ހަމަތައް (ކޯ ވެލިއުސް)

ޚިދުމަތް ހޯދާ ފަރާތްތަކުގެ ސިއްރު ހިފަހައްޓައި، އަޙުލާޤީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓައި އަމާނާތްތެރިކަމާއި އިޚުލާޞްތެރިކަމާއެކު އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދޭނަމެވެ.

އިސްލާމީ ޝަރީޢަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު ޒަކާތާއި ޞަދަޤާތުގެ ޢަދުލުވެރި އަދި ދެފުށް ފެންނަ ނިޒާމެއް ޤާއިމުކޮށް، ޒަކާތް ނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމަޢެއް ބިނާކުރުން.