ބޭސްފަރުވާގެ އެހީ

ތަޢާރަފް

ބޭސްފަރުވާގެ އެހީއަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ފުދުންތެރިކަން ނެތް ފަރާތްތަކަށް ބޭސްފަރުވާކުރުމަށް އެހީ ނުލިބޭ ނުވަތަ ލިބޭ އެހީއަކުން ބެސްފަރުވާ ކުރުމަށް ނުފުދޭ ޙާލަތްތަކުގައި އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދެވޭ އެހީއެކެވެ.

އެހީދެވޭ ކަންކަން

• ހޮސްޕިޓަލުގެ ބިލުތައް ދެއްކުމަށް.
• ބަލިމީހާއާއި ބަލިމީހާގެ އެހީތެރިޔާގެ ހުރުމާއި، ކެއުމާއި، ޓިކެޓް.
• ބަލީގެ ބާވަތުން ކޮންމެހެން ބޭނުން ކުރަންޖެހޭކަމަށް ޑޮކްޓަރު ލަފާދީފައިވާ ތަކެތި ނުވަތަ ވަސީލަތްތައް ގަތުމަށް.

ފޯމު ހުށަހަޅާއިރު ބޭނުންވާ ލިޔެކިޔުންތައް

1. ހެލްތް އިންޝުއަރެންސް ސްކީމުން އެހީ ދިނުމަށް ނިންމާފައިވާގޮތް ބަޔާންކޮށްފައިވާ ރަސްމީ ލިޔުން. (ތައްގަނޑުޖެހި)
2. ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާނަމަ، އެހީއަށް އެދި ހުށަހަޅާ ބައްޔަކީ ރާއްޖެއިން ފަރުވާ ނުކުރެވޭ ބައްޔެއްކަމަށް ބަޔާންކޮށް ރާއްޖޭއިން ބޭރަށް ފަރުވާއަށް ދާންޖެހޭކަމަށް ރާއްޖޭގެ ކްލިނިކެއްގެ ނުވަތަ ހޮސްޕިޓަލެއްގެ ޑޮކްޓަރަކު ލަފާދީފައިވާ 1 (އެކެއް) އަހަރު ދުވަސް ނުވާ ލިޔުން.
3. ރާއްޖޭގެ ހޮސްޕިޓަލަކުން ފަރުވާ ހޯދާނަމަ، އެތަނަކުން ފަރުވާ ހޯދާކަން އެނގޭނެ ރަސްމީ ލިޔުން.
4. އެޑްމިޓް ކޮށްގެން ފަރުވާ ހޯދާނަމަ، ހޮސްޕިޓަލުގެ އެންމެފަހުގެ ބިލު.(އިންޝުއަރެންސް ސްކީމް އުނިކުރުމަށްފަހު ބާކީ އެނގޭގޮތަށް).
5. ޑޮކްޓަރުގެ ލަފަޔާއިއެކު އެހީއަށް އެދޭ ފަރާތުން ކޮންމެހެން ބޭނުންކުރަންޖެހޭ އެއްޗެއް ހޯދުމަށް އެހީއަކަށް އެދޭނަމަ، އެވްރެޖްކޮށް ހިނގާނެ ޚަރަދު ހިމެނޭ ދެތަނެއްގެ ކޯޓޭޝަން.
6. ފައިސާގެ އެހީ ޖަމާކުރަންވީ އެކައުންޓުގެ ބޭންކް ޑިޕޮސިޓް ސްލިޕް.
7. އެހީއަށް އެދި ހުށަހަޅާފަރާތާއި ބަލިމީހާގެ އަދި އެކައުންޓް ވެރިފަރާތުގެ ދރއ ކާޑުގެ ކޮޕީ.

އެހީއަށް އެދޭ ފޯމް

މިސަފްހާ ހިއްސާކުރައްވާ!