ދަރަނިވެރިވުމުން ދެވޭ އެހީ

ތަޢާރަފް

ދަރަނިވެރިވުމުން ދެވޭ އެހީއަކީ މުސްލިމުންކުރެ ފަޤީރު ދަރަނިވެރިންގެ ތެރެއިން ޝަރުޢީގޮތުން ހުއްދަކަމަކަށް ފައިސާ ނަގާފައިވަނިކޮށް ނުވަތަ މެދުވެރިވި ޤުދުރަތީ ކާރިޘާއެއްގެ ނުވަތަ މުސީބާތެއްގެ ސަބަބުން ދަރަނިވެރިވެފައިވާ ފަރާތްތަކަށް ދެވޭ އެހީއެކެވެ.

އެހީދެވޭ ކަންކަން

• ކެއިންބުއިމާއި އަންނައުނަށް ޚަރަދު ކުރުންފަދަ ކަންކުރުމަށް ދަރަންޏަށް ފައިސާ ނެގުމުގެ ސަބަބުން ދަރަނިވެރިވެފައިވާ ފަރާތްތަކަށް
• ބޯހިޔާވަހިކަމުގެ ޚަރަދުތަކާ ގުޅިގެން ދަރަނިވެރިވެފައިވާ ފަރާތްތަކުގެ ދަރަނި އަދާކުރުމަށް
• ތަޢުލީމު ހޯދުމަށް ޚަރަދުކުރުމަށް ދަރަނިވެރިވެފައިވާ ފަރާތްތަކަށް
• ކުއްލި ހާދިޘާ އެއްދިމާވުމުގެ ސަބަބުން ދަރަނިވެރިވެފައިވާ ފަރާތްތަކަށް

ފޯމު ހުށަހަޅާއިރު ބޭނުންވާ ލިޔެކިޔުންތައް

1. ދަރަނިވެރިވި ސަބަބު ތަފްޞީލުކޮށް ބަޔާންކުރާ ސިޓީ.
2. ޤަޟިއްޔާ (ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު) މަހްޟަރު ބަޔާން.
3. އެހީއަށް އެދި ހުށަހަޅާފަރާތުގެ ދރއ ކާޑުގެ ކޮޕީ.
4. ދިރިއުޅުމުގެ ޙާލަތު އެނގޭނެ ލިޔުން. (ސިޓީ ކައުންސިލް ނުވަތަ އަތޮޅު ކައުންސިލް ނުވަތަ ރަށު ކައުންސިލް)
5. ވަޒީފާ އަދާކުރާ ތަނުގެ ލިޔުން. (މުސާރަ އަދި އިތުރު އެލަވަންސްތައް އެނގޭގޮތަށް)
6. ޙަރަދުކުރުން ލާޒިމުވާ މީހުންގެ ދރއ ކާޑުގެ ކޮޕީ.

• ޙާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު ހުރިނަމަ އެކަން އެނގޭނެ ރަސްމީ ލިޔުން.
• ކުއްޔަށް އުޅޭނަމަ ކުއްޔަށް ހިފާފައިވާ ތަނުގެ އެގްރީމަންޓްގެ ކޮޕީ.
• 18 އަހަރުން ދަށުގެ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ކޮޕީ.

އެހީއަށް އެދޭ ފޯމް

މިސަފްހާ ހިއްސާކުރައްވާ!