ޢަރަބި ބަހުގައި ޒަކާތޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟

ޢަރަބި ބަހުގައި " الزكاة " މިބަހުގެ މާނައަކީ ތާހިރުކަން، އިތުރުވެ ގިނަވުން، ބަރަކާތެރިކަން، މަދަޙަޘަނާ، ޞަދަގާތް މިމާނަތަކެވެ. މިނޫން މާނަތައް ވެސް ޢިލްމުވެރިން ގެންނަވާފައި ހުރެއެވެ. އެހެންނަމަވެސް އެންމެ ޢާއްމު ގޮތެއްގައި ޒަކާތުގެ މާނަ އައިސްފައިވަނީ ތާހިރުކަން މިމާނާގައިކަން ފާހަނގަ ކޮށްލަމެވެ.

މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. " {خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا..} މާނައަކީ " އޭގެ ސަބަބުން އެއުރެން ޠާހިރު ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ."

ހިއްސާކުރައްވާ

އިތުރު ސުވާލުތައް