އިސްލާމީ ޝަރީޢަތުގައި ޒަކާތޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟

އިސްލާމީ ޝަރީޢަތުގައި ޒަކާތުގެ މާނަ ފިޤުހު ޢިލްމުވެރިން ގެނެސް ދެއްވާފައި ވެއެވެ. އޭގެ ތެރެއިން އެންމެ ޝާމިލު އެއް މާނައެއް ކަމަށް ބެލެވެނީ ابن الأثير ގެނެސް ދެއްވާފައިވާ މާނައެވެ. އެ ބޭފުޅާ ވިދާޅުވާގޮތުގައި ޝަރީޢަތުގައި ޒަކާތަކީ "ކަނޑައެޅިފައިވާ ވަކި ބާވަތެއްގެ މުދަލެއް، ވަކިމިންވަރަކަށް އިތުރުވެ، ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، ޚާއްޞަ ވެގެންވާ ބަޔަކަށް ދެވޭ ޙައްޤެކެވެ." މި މާނައިން މުދަލު ޒަކާތް ނެގޭ ބާވަތްތަކާއި، މުދަލު ޒަކާތުގެ ނިޞާބާއި، މުދަލު ޒަކާތް ނެރެން ޖެހޭ ވަގުތާއި، އަދި ޒަކާތް ލިބެންޖެހޭ މީހުން ޝާމިލުވެއެވެ.

ހިއްސާކުރައްވާ

އިތުރު ސުވާލުތައް