ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މުދަލަކުން އާމްދަނީ ލިބޭ ކަމުގައި ވާނަމަ، އެމުދަލަކުން ލިބޭ އާމްދަނީން ޒަކާތް ދައްކަން ޖެހޭނެވެ. އެމީހަކު ކުރަން ޖެހޭ ޚަރަދުކޮށް ބާކީވެ ފޮރުވޭ ކަމުގައިވާނަމަ، އެފޮރުވާ ބައިން ނިޞާބު ހަމަވެފައި ހުއްނަތާ ހަނދުމަހުން އަހަރެއް ވެއްޖެނަމަ ޒަކާތް ނެރެން ޖެހޭނެއެވެ.