މާމުއިގެ ނިޞާބަކީ ކޮބާ؟

މާމުއިގެ ނިޞާބާ މެދު ދަންނައެވެ. މާމުއިގެ ނިޞާބާއި މެދު ކަނޑައެޅިގެން ވަކި ޢަދަދެއް އަޘަރެއްގައި އައިސްފައެއް ނުވެއެވެ. މި ސަބަބާއި ހުރެ މާމުއިން ޒަކާތް ނެރުން ވާޖިބުކުރައްވާ ޢިލްމުވެރިންގެ ތެރޭގައި ވަނީ މާމުއިގެ ނިޞާބާއި މެދުގައި ޚިޔާލު ތަފާތުވެފައެވެ[1]. މާމުއިން ޒަކާތް ވާޖިބުވާނީ ހަތާއިން މާމުއި ފެލައި ސާފުކުރުމަށްފަހު، އޭގައި ނިޞާބު ހަމާވާ ކަމުގައިވާނަމައެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި މާމުއިގެ ނިޞާބަކީ "ދިހަ ފަރަޤް" އެވެ. އެއީ މިޒަމާނުގެ މިނެކިރުމުގެ ހިސާބުން ބަލާނަމަ 75 ކިލޯ ގްރާމެވެ.

[1] فقه الزكاة للدكتور يوسف القرضاوي (ص405)

ހިއްސާކުރައްވާ

އިތުރު ސުވާލުތައް