މާމުއިން ޒަކާތަށް ނެރެންޖެހޭ މިންވަރަކީ ކޮބާ؟

މާމުއިން ޒަކާތް ވާޖިބުކަމަށް ވިދާޅުވާ ޢިލްމުވެރިންގެ މެދުގައި އެއްބަސްވެވިފައިވަނީ  މާމުއިން ޒަކާތަށް ނެރެންޖެހޭނީ ދިހަ ބައިކުޅަ އެއްބައި ކަމުގައެވެ. މިކަމަށް ދަލީލު ލިބެނީ އައިސްފައިވާ އަޘަރުތަކުންނާއި އަދި ގޮވާމާއި މޭވާއަށް ޤިޔާސްކޮށްގެންނެވެ[1].

އެންމެ ރަނގަޅު ގޮތަކީ މާމުއިން ޒަކާތް ނެރުމުގައި ކުރާ ޚަރަދާއި އަދި މަސައްކަތަށް ރިޢާޔަތް ކުރުމެވެ. ފަރުބަދަ މަތިން މާމުއި ނަގާނަމަ 40 ބައިކުޅަ އެއް ބައެވެ. ހަމަ ބިންތަކުން ނަމަ 10 ބައި ކުޅަ އެއް ބައެވެ[2]. ގޮވާމާއި މޭވާގެ ޒަކާތެކޭ އެއްފަދައިން މާމުއިގެ ޒަކާތުގައި، މަސައްކަތުގެ ބުރަކަމާއި އަދި ކުރާ ޚަރަދަށް ބަލައި ޒަކާތަށް ނެރެންޖެހޭ މިންވަރު މަދުވެގެންދެއެވެ[3]. އަދި ފަޤީރުންނަށް އެންމެ ފައިދާ އަދި މަޞްލަޙަތު ބޮޑީ، ޒަކާތަށް ނެރެންޖެހޭ މިންވަރު އަގު ކުރުމަށްފަހު ނަޤުދު ފައިސާއިން ނެރުންކަމުގައިވާނަމަ އެގޮތަށް ނެރެވިދާނެއެވެ[4].

[1] المغني (1/713)

[2] رواه أبو عبيدة في الأموال (1490)

[3] فقه الزكاة للدكتور يوسف القرضاوي (ص404)

[4] دار الإفتاء المصرية (فتوى رقم: 3119), مجموع الفتاوى لشيخ الإسلام ابن تيمية (80-25/79)

ހިއްސާކުރައްވާ

އިތުރު ސުވާލުތައް