ޒަކާތަކީ ކޮބާ؟

ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. ފިޠުރު ޒަކާތް ނެރޭފަދައިން، މުދަލުގެ ނިޞާބު ހަމަވެފައިވާ މީހާ މުދަލު ޒަކާތް ނެރުމަކީ، ތަނަވަސްކަމުގެ އަހުލުވެރިންގެ މައްޗަށް މާތްﷲ ފަރްޟު ކުރައްވާފައިވާ އަޅު ކަމެކެވެ. މުދަލުޒަކާތް ނެރެން އަންގަވާފައިވާ ގޮތަށް، ޒަކާތް ނެރުމަކީ، މުދަލުގައި ބަރަކާތް ލައްވައި އިތުރު ކުރައްވާ ކަމެކެވެ. މުދަލަކީ ނިޢުމަތެކެވެ. ކުރިމަތި ކުރެވޭ އިމްތިޙާނެކެވެ. މިނިޢުމަތުގައި އެހެންބައެއްގެ ޙައްޤެއް ލައްވާފައިވެއެވެ. އެއީ ފަޤީރުންނަށްޓަކައި ލައްވާފައިވާ ޙައްޤެކެވެ. މުދަލު ޒަކާތް ނެރެން ވާޖިބުވެގެން ވަނީ މުސްލިމަކަށްވެ، މުދަލަކީ ތިމާގެ މިލްކެއްކަމުގައިވެ، މިނިވަނެއްކަމުގައިވެ، އެމުދަލުގައި ނިޞާބު ހަމަވާ މުދަލުންނެވެ. އެމުދަލުގައި ޙައުލު (ހަނދުމަހުން 1 އަހަރު) ހަމަވުމުންނެވެ.