’ދިވެހިރާއްޖޭގެ ޒަކާތު ހައުސް’ގެ ވެބްސައިޓް ލޯންޗުކޮށްފި

’ދިވެހިރާއްޖޭގެ ޒަކާތު ހައުސް’ގެ ވެބްސައިޓް ލޯންޗުކޮށްފިއެވެ.

'ދިވެހިރާއްޖޭގެ ޒަކާތު ހައުސް’ގެ ވެބްސައިޓް ލޯންޗުކޮށްފައިވަނީ މިއަދު އިސްލާމީ ކަންތަައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް’އާއި ގުޅޭ މައުލޫމާތުތައް ވެބްސައިޓްއިން ލިބިގެންދާނެ ގޮތަކަށެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައިފައިވަނީ އިސްލާމީ މަރްކަޒުގެ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަތީފްއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އުފެއްދެވީ 18 ޑިސެމްބަރ 2023ގައެވެ. އަދި މި މަހުގެ 2 ވަނަ ދުވަހު އެމަނިކުފާނު ވަނީ 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އިފްތިތާހްކޮށްދެއްވައިފައެވެ.

ހިއްސާކުރައްވާ