2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ޒަކާތު ފަންޑުން 35.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންވަނީ ޖެނުއަރީ މަހުން ޖޫންމަހުގެ ނިޔަލަށް، ޒަކާތު ފަންޑުގެ ތަފާސްހިސާބު އާއްމުކޮށްފައެވެ.

ޒަކާތް ބެހެނިވެރިންގެ ތެރެއިން ޒަކާތު ފަންޑުން 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ފަޤީރުންނާއި މިސްކީނުންގެބައި، ޢާމިލުންގެބައި، ފީސަބީލިﷲ އަދި އިޞްނުއްސަބީލް ގެބަޔަށް ވަނީ ހޭދަކޮށްފައެވެ. 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ޒަކާތު ފަންޑުން 35237671.17 ރުފިޔާ ހޭދަކޮށްފައިވެއެވެ.

2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ޒަކާތު ފަންޑުން ފުދުންތެރިކަންނެތް 648 މީހަކަށް ބޭސްފަރުވާކުރުމަށް  އެހީތެރިކަންފޯރުކޮށްދީފައިވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން މައިގަނޑު 8 ކަމަކަށް ޒަކާތު ފަންޑުގެ ފަޤީރުންނާއި މިސްކީނުންގެބައިން ބޭސްފަރުވާގެ އެހީ ދީފައިވެއެވެ. އެއީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށާއި، ހިތުގެ އޮޕަރޭޝަން ކުރުމަށާއި، ކިޑްނީ ބަލިތަކަށާއި، ގުނަވަންތައް ބަދަލުކުރުމަށާއި، ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށާއި، ނިއުމޯނިއާގެ ފަރުވާހޯދުމަށާއި، ހަށިގަނޑުން ބައެއް ފިހިގެން އަދި އެހިނެހެން ބޭނުންތަކަށްވެސް ޒަކާތު ފަންޑުން އެހީ ދީފައިވެއެވެ.

2024 ގެ ފުރަތަމަ 6 މަސްދުވަހުގެތެރޭގައި އެހީގެގޮތުގައި ހަމަޖެހިފައިވަނީ ޖުމްލަ 5.98 މިލިއަން ރުފިޔާއެވެ. އޭގެތެރެއިން ޖުމްލަ 4.99 މިލިއަން ރުފިޔާވަނީ އެހީގެގޮތުގައި ހޭދަކުރެވިފައެވެ.
އިތުރު ތަފްސީލް:
• ކެންސަރަށް ފަރުވާކުރުމަށް 1735215.50 ރުފިޔާ
• ހިތުގެ އޮޕަރޭޝަންކުރުމަށް 279872.50 ރުފިޔާ
• ކިޑްނީ ބަލިތަކަށް 186582.00 ރުފިޔާ
• ގުނަވަން ބަދަލުކުރުމަށް 203544.00 ރުފިޔާ
• ސިކުނޑީގެ އޮޕަރޭޝަންތަކަށް 478848.22 ރުފިޔާ
• ހަށިގަނޑުން ބައެއް ފިހިގެން 165,446.25 ރުފިޔާ
• ނިއުމޯނިއާގެ ފަރުވާހޯދުމަށް 100000.00 ރިފިޔާ
• އެހެނިހެން ބަލިތަކަށް 2834588.60 ރުފިޔާ

މީގެ އިތުރުން މޯލްޑިވްސް ބްލަޑް ސަރވިސަސް ގެ ތެލެސީމިއާ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކުދިންގެ ތެރެއިން ފުދުންތެރިކަން ނެތް 10 ކުދިންނަށް ބޯން މެރޯ ޓްރާންސްލާންޓް ހެދުމަށް 10 މިލިއަންު ރުފިޔާ ވަނީ އެހީގެގޮތުގައި ދުކުރެވިފައެވެ. ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން އެހީވުމާބެހޭގޮތުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ އާއި ސިއްހީ ވުޒާރާ އާ ދެމެދު ފަހުމުނާމާގައި ވަނީ ސޮއިކުރެވިފައެވެ. މި އެއްބަސްވުމުގެ ދަށުން ފުދުންތެރިކަންނެތް 50 ޓެލެސީމިއާ ބަލީ ކުދިންނަށް ބޯންމެރޯ ހެދުމަށް އެހީތެރިކަން ފޯރޮކޮއްދެވޭނެއެވެ. މިއަހަރުން ފެށިގެން ކޮންމެ އަހަރަކު 10 ކުދިންނަށް އެހީ ފޯރުކޮށްދެވޭނެއެވެ. 5 އަހަރުގެ ތެރޭގައި 50 ކުދިންނަށް ޖުމްލަ 50 މިލިއަން ރުފިޔާ ހަރަދު ކުރެވޭނެއެވެ.

ފަޤީރުންނާއި މިސްކީނުންގެބައިން ޚާއްސަ ޙާލަތްތައް މެދުވެރިވެގެން ޟަރޫރީ ކަންކަމަށް އެހީތެރިވުމަށް 42644.76 ރުފިޔާ ވަނީ ޒަކާތު ފަންޑުން ހަމަޖައްސާފައެވެ. ނަމަވެސް އެހީގެ ގޮތުގައި ހޭދަލުރެވިފައިވަނީ 29957.65 ރިފިޔާއެވެ.

އިބްނުއްސަބީލް ބައިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަނިކޮށް ޙާލުގައި ޖެހި، އެހާލަތުން ސަލާމަތްވުމަށް ޚާއްޞަކުރެވިފައިވާ ބައިން މުސްލިމުންގެ ތެރެއިން، ޝަރުޢީގޮތުން ހުއްދަ ކަމެއްގެ ބޭނުމުގައި ދަތުރުމަތީގައި އުޅެނިކޮށް ނުވަތަ އެފަދަ ކަމެއްގައި އަމިއްލަ ރަށުން ނުވަތަ ޤައުމުން ބޭރުގައި އުޅެނިކޮށް ޙާލުގައި ޖެހި އަތްމަތި ހުސްވެފައިވާ ނުވަތަ އެހީއަކަށް ބޭނުންވެފައިވާ ފަރާތްތަކަށް ބޭނުންވާ މުހިންމު ކަންކަމަށް 247475.16 ރުފިޔާ ހޭދަކޮށްފައިވެއެވެ.

ފީސަބީލި ﷲ ބައިން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ އެކި އެކި ބޭނުންތަކަށް ދެވޭ އެހީގެ ތެރެއިން ސައިން ލެންގުއޭޖް އިންޓަރޕްރިޓަރސް ތަމްރީނުކުރުމަށް 484659.82 ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން އެހެނިހެން ހޭދަ ތެރޭގައި 5 ކަމެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ޖަލްސާ އަދި ސެމިނަރ ފަދަ ކަންކަމަށް 93761.61 ރުފިޔާ ހޭދަކޮށްފައިވާއިރު، ޒަކާތުގެ މަސައްކަތް ކުރުމަށް ޒަކާތު ފަންޑުން މުސާރަ ދޭ ގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރަ ދިނުމަށް ޢާމިލުންގެ ބައިން 1587799.71 ރުފިޔާ ވަނީ ހޭދަކުރެވިފައިވެއެވެ. 2018 ވަނަ އަހަރު ސްކޮލަރޝިޕް އެވޯޑްކުރެވިފައިވާ ދަރިވަރުންގެ ތެރެއިން، ކިޔެވުން ކުރިއަށްދާ ދަރިވަރެއްގެ ކޯސް ފީ އަދި ސްޓައިޕެންޑް ދިނުމަށް ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަށް އެހީ ދެވޭ ބައިން 89127.60 ރިފިޔާ ހޭދަކުރެވިފައިވެއެވެ. އިސްލާމް ދީން ކުރިއެރުވުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ތަފާތު އެކި އެކި ޕްރޮގްރާމްތަކަށް  8424496.44 ރުފިޔާ ވަނީ ހޭދަކުރެވިފަ އަދި 1445 ވަނަ އަހަރު ފިޠުރުޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ފިޠުރުޒަކާތުގެ ގޮތުގައި ޖުމްލް 9283612.57 ރުފިޔާ ހޭދަކުރެވިފައިވެއެވެ.

 

 

 

 

ހިއްސާކުރައްވާ