ޒަކާތު ހައުސް އިން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ބައްދަލުކުރަށްވައިފި


ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ޒަކާތު ހައުސްއާއިން ބާއްވާ ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސްގައި ބައިވެރިވުމަށް ނިންމައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއެކު ބައްދަލުކޮށް އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2024) އާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
28 ނޮވެމްބަރ 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް (އިންޒެކް 2024) ގައި ސީއެމްޑީއޭ އަށް ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވުމަށް ޒަކާތު ހައުސްއިން ވަނީ ދަޢުވަތު ދެއްވާފައެވެ. ހަމައެއާއެކު ސީއެމްޑީއޭ އިން ވަނީ މި ކޮންފަރެންސްގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
ދެ މުއައްސަސާގެ މި ނިންމުންތަކުން ހާމަވަނީ އިންޒެކް 2024 ގެ މުހިންމުކަމާއި މި ހަރަކާތް ކާމިޔާބުކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތްތަކެވެ. އަދި ދިވެހިރާއްޖޭހެ ޒަކާތުގެ ނިޒާމަކީ ހަރުދަނާ ނިޒާމަކަށް ހެދުމެވެ.

ހިއްސާކުރައްވާ