ފިޠުރު ޒަކާތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގެ އެންމެންނަށް ހަމަހަމަވާތޮތަށް 4500 ރުފިޔާ ބޮލަކަށް

1446 ވަނަ އަހަރު ފިޠުރު ޒަކާތް ބަހަނީ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އެއް ހަމައަކުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އަދި ދިވެހިރާއްޖޭގެ ޒަކާތު ހަުއސްގެ ޗެއަރމަން ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިރޭ ޗެއަރމަން ވިދާޅުވީ، ޒަކާތް ބެހުން އެއްހަމަކޮށް ދަފްތަރުގައި ހިމެނޭ ކޮންމެ ފަރުދަކަށް 4500 ރުފިޔާއިން ފިޠުރު ޒަކާތް ލިބޭނެކަމަށާއި މިބަދަލަކީ ޒަކާތުގެ މަޤުޞަދުގައި ހިމެނޭ އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގެ ގޮތުން ގެނެވުނު ބަދަލެއްކަމަށެވެ.

މީގެ ކުރިން މިކަން ކުރާ ގޮތަކީ އެރަށަކުން ލިބޭ އެއްޗެެއް އެކަނި އެރަށެއްގެ ފަޤީރުންނަށް ބަހާ ގޮތަށްކަމަށާއި، މިހެން މިކަން ކުރުމުން ބައެއް ރަށް ރަށުގައި ފަޤީރުންނަށް ލިބެނީ ވަރަށް މަދު އަދަދެއްކެވެ.

މިއީ ރާއްޖޭގެ ފިޠުރު ޒަކާތުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގެނެވުނު މިފަދަ ބަދަލެވެ އަދި މިއަހަރު ފިޠުރު ޒަކާތަށް މިވަގުތާ ހަމައަށް 12.4 މިލިއަން ރުފިއާ ލިބިފައިވެއެވެ.

ހިއްސާކުރައްވާ