އަޅުގަނޑުގެ މިލްކިއްޔާތުގައި ޒަކާތުގެ ނިޞާބު ހަމަވާ މިންވަރަށް މުދާ އެބަހުއްޓެވެ. އެހެންނަމަވެސް އެމުދާ ހުރީ އެހެން މީހެއްގެ ބާރުގެ ދަށުގައި އެވެ. މިޙާލަތުގައި އަޅުގަނޑު އެމުދަލުން ޒަކާތް ނެރެން ޖެހޭނެ ހެއްޔެވެ؟

ޒަކާތް ނެރުމުގައި މުދަލަކީ އެމީހެއްގެ ފުރިހަމަ މިލްކުގައިވާ މުދަލެއް ކަމުގައިވުން ޝަރުތު ވެގެންވެއެވެ. އޭގެ މާނައަކީ އެމުދަލުގެ ވެރިފަރާތަށް އެމުދަލެއް ބޭނުންކޮށް އޭގެ މައްޗަށް ބާރު ހިންގުމުގައި ހުރަސް އަޅާނޭ އެއްވެސް ކަމެއް ނެތުމެވެ. މިގޮތުން ބަލާއިރު މުދާ އެހެން މީހެއްގެ ބާރުގެ ދަށަށް ދިޔައީ ތިބާގެ ރުހުން އޮވެގެން ކަމުގައިވާނަމަ، އަދި އޭގެ މައްޗަށް އަނެކާ ގަދަވެގެންފައި ނުވާނަމަ، ޒަކާތް ދައްކަން ޖެހޭނެއެވެ. މުދާ އެހެން މީހެއްގެ ބާރުގެ ދަށަށް ދިޔައީ ތިބާގެ ރުހުމަކާއި ނުލައި ކަމުގައިވާނަމަ، އަދި އެމުދާ ލިބޭނެ ކަމުގެ އުއްމީދު ގެއްލިފައިވާ ނަމަ އެމުދަލުން ޒަކާތް ނެރޭކަށް ނުޖެހޭނެ ކަމަށް ޢިލްމުވެރިން ދެކިލައްވައެވެ. ލޯނެއްގެ ގޮތުގައި ވެސް މީހަކަށް ދީފައިވާ ފައިސާ ލިބޭނެ ކަމުގެ އުއްމީދު ގެއްލިފައިވާނަމަ، އަދި ލިބޭނެ ކަމަށް ބެލެވުނަސް، ލިބޭނެ ދުވަހެއް ނޭނގޭ ނަމަ، އެމުދަލުން ޒަކާތް ދައްކާކަށް ނުޖެހޭނެ ކަމަށް ޢިލްމުވެރިން ދެކިލައްވައެވެ.

ހިއްސާކުރައްވާ

އިތުރު ސުވާލުތައް