އަޅުގަނޑާއި އަޅުގަނޑުގެ އަނބިމީހާއާ، ދެމީހުން އެމެޖެންސީ ޙާލަތްތަކުގައި ބޭނުން ކުރަން ރައްކާކުރާ ފައިސާއިން ޒަކާތުގެ ނިޞާބު ހަމަވެފައި ހުންނަތާ ހަނދުމަހުން އަހަރެއް ވެއްޖެއެވެ. މިފައިސާއަކީ ދެމީހުންނަށް ލިބޭ މުސާރައިން ކޮންމެ މަހަކު ވެސް ވަކި މިންވަރެއް ރައްކާ ކުރަމުން ގޮސް އެއްކުރެވިފައިވާ ފައިސާ އެވެ. މިފައިސާއިން ޒަކާތް ނެރެން ޖެހޭނެ ހެއްޔެވެ؟

ޒަކާތް ނެރުން ވާޖިބު ވުމުގައި، ނިޞާބު މިލްކުވެގެންވުން ޝަރުތު ކުރެއެވެ. އޭގެ މާނައަކީ އެކިބާވަތްތަކުން ޒަކާތް ނެރުމަށް ކަނޑައަޅުއްވާފައިވާ މިންވަރަށް އެމީހަކަށް އެމުދާ މިލްކުވެގެން ވުމެވެ. އެގޮތުން ބަލާއިރު މިމައްސަލާގައި ނިޞާބުގެ މިންވަރު ހަމަ މިވަނީ ދެމީހުންގެ ފައިސާ އެއްކުރީމައެވެ. ފައިސާ ދެމީހުންނަށް ބަހާލުމުން ނިޞާބުގެ މިންވަރު ހަމަ ނުވާނަމަ، ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ.

ހިއްސާކުރައްވާ

އިތުރު ސުވާލުތައް