އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް (އައިއެސްޑީބީއައި) އަދި ޒަކާތު ހައުސް ބައްދަލުވުމެއް ބާއްވައިފި

ޒަކާތާއި ވަޤުފުގެ ދާއިރާ އާއި ގުޅޭ މަޝްވަރާތައް ކުރުމަށް އައި.އެސް.ޑީ.ބީ.އައި އަދި ޒަކާތު ހައުސް އިން ބައްދަލުވުމެއް ބާއްވައިފި
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް އިންސްޓިޓިއުޓް (އައިއެސްޑީބީއައި) އާއެކު ޒަކާތާއި ވަޤުފުގެ ދާއިރާގައި ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ބަލައި ދިރާސާކުރުމަށް ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.
އޮންލައިންކޮށް ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި މުހިންމު ގިނަ ކަންތައްތަކެއް ވަނީ ނިންމާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރުމާއި، ފަންނީ މީހުން ބިނާ ކުރުމުގެ އިތުރުން ޒަކާތު ނަފާ ޕްރޮގްރާމް ޑިޒައިން ކުރުމާ ގުޅޭ ޚާއްސަ މަޝްވަރާތަކެއް މި ބައްދަލުވުމުގެ ތެރޭގައި ކުރިއަށް ގެންދެވިފައި ވެއެވެ.
ހަމައެއާއެކު ޒަކާތުގެ ޤާނޫނީ އެކްޓް ހަރުދަނާ ކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާތައް ކުރެވިގެންދިޔައެވެ. މި ބައްދަލުވުމުގެ ސަބަބުން މުއައްސަސާގެ އޮނިގަނޑުތައް ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލް ވެވޭނެއެވެެ.

ހިއްސާކުރައްވާ