ޙިއްސާއިން ޒަކާތް ދައްކަންޖެހޭނެތަ؟ އަދި ޙިއްސާއިން ޒަކާތް ދައްކަންޖެހޭނީ ކާކު؟

ޙިއްސާ ގަނެފައިވާ ފަރާތުން، އެ ޙިއްސާއިން ޒަކާތް ދައްކަންޖެހޭނެއެވެ. ނަމަވެސް ޙިއްސާ ގަނެފައިވާ ފަރާތްތަކުގެ މަތިން ކުންފުނިން ޒަކާތް ދެއްކުމަށް ކުންފުނީގެ އަސާސީ ޤަވާޢިދުގައި ލިޔެފައިވާނަމަ ނުވަތަ ކުންފުނީގެ ޢާންމު ބައްދަލުވުމުގައި އެގޮތަށް ނިންމާފައިވާކަމުގައިވާނަމަ ނުވަތަ ދައުލަތުގެ ޤާނޫނުތަކުން އެގޮތަށް ކަނޑައަޅާފައިވާކަމުގައިވާނަމަ އަދި ޙިއްސާ ގަނެފައިވާ ފަރާތްތަކުގެ މަތިން ކުންފުނިން ޒަކާތް ދައްކާކަމުގައިވާނަމަ، ޙިއްސާގަނެފައިވާ ފަރާތުން ޒަކާތް ދައްކާކަށް ނުޖެހޭނެއެވެ. އެކަން އެމަގުން ނުހިގާ ކަމުގައިވާނަމަ ޙިއްސާގަނެފައިވާ ފަރާތުން، އެ ޙިއްސާއެއް ގަނެފައިވާ ނިޔަތެއްގެ މައްޗަށް ބިނާކޮށް ޒަކާތް ދައްކަން ޖެހޭނެއެވެ.

ޢާންމުގޮތެއްގައި ޙިއްސާ ގަނެއުޅެނީ ދެ މަޤްޞަދެއްގައެވެ. އެއީ އެ ކުންފުންޏެއްގެ އަހަރީ ފައިދާ ހޯދުމުގެ މަޤްޞަދުގައި، ނުވަތަ ޙިއްސާ ގަނެވިއްކުމުގެ މަޤްޞަދުގައެވެ.

ހިއްސާކުރައްވާ

އިތުރު ސުވާލުތައް