ޒަކާތް ވާޖިބު ވުމުގެ ޝަރުޠުތަކުގެ ތެރޭގައިވާ "ނިޞާބު މިލްކުވެގެންވުން" މިޝަރުޠުގެ މާނައަކީ ކޮބާ؟

އެއީ އިސްލާމީ ޝަރީޢަތުގައި ޒަކާތް ނެރުމަށް ކަނޑައަޅުއްވާފައިވާ އެކި ބާވަތްތަކުގެ މުދަލުން، ޒަކާތް ނެރުމަށް ކަނޑައަޅުއްވާފައިވާ މިންވަރު އެމީހަކަށް މިލްކުވެގެންވުމެވެ. އެއީ ރަނުން ނަމަ 20 މިޘްޤާލު (ޚާލިޞް ރަނުން 85 ގުރާމެވެ. ޚާލިޞް ރަނޭ ބުނެވެނީ 24 ކެރެޓު ރަނަށެވެ.)، ރިހިން ނަމަ 200 ދިރުހަމް (595 ގުރާމު)، ގޮވާމުން ނަމަ 5 އަވްސިޤް (653 ކިލޯ)، ބަކަރިން ނަމަ 40 ބަކަރި، ޖަމަލުން ނަމަ 5 ޖަމަލު، ގެރިން ނަމަ 30 ގެރި އެވެ. މިޢަދަދަށް މިބާވަތްތަކުން މިލްކުވެގެން ވުމެވެ. މިއަށްވުރެ މަދު ނަމަ ޒަކާތް ނެރުން ވާޖިބު ނުވާނެއެވެ.

ފައިސާގެ އަޞްލަކީ ރަން ނުވަތަ ރިހި ކަމުގައިވާތީ، ފައިސާގެ ނިޞާބު ބަލަން ޖެހޭނީ ރަން ނުވަތަ ރިހީގެ ނިޞާބުންނެވެ. އެގޮތުން ޚާލިޞް ރަނުގެ 85 ގުރާމުގެ އަގު ބާޒާރުގައި ވިއްކަން ހުންނަ އަގަކީ ފައިސާގެ ނިޞާބު ކަމަށް ބެލެވިދާނެއެވެ. ނުވަތަ ހަމަ މިގޮތަށް ރިހީގެ 595 ގުރާމު ރިހި ބާޒާރުގައި ވިއްކަން ހުންނަ އަގަކީ ވެސް ފައިސާގެ ނިޞާބު ކަމަށް ބެލެވިދާނެއެވެ. ރާއްޖޭގެ ކުރީގެ އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖުލީހުން ނިންމާފައިވަނީ ފައިސާގެ ނިޞާބު ބަލާނީ ރިހީގެ ނިޞާބުން ކަމަށެވެ. ޒަކާތު ހައުސް އިންވެސް ޢަމަލުކުރަމުން ދަނީ އެ ނިންމުމުގެ މައްޗަށެވެ.

ހިއްސާކުރައްވާ

އިތުރު ސުވާލުތައް