އަޅުގަނޑު ޓެކްސީކޮށްގެން ލިބުނު ފައިސާއިން އެއްކުރެވިފައިވާ އާމްދަނީން ނިޞާބު ހަމަނުވެއެވެ. އެހެނަސް އަޅުގަނޑަށް މުސާރައިން ލިބުނު ފައިސާއިން ރައްކާ ކުރެވުނު ބަޔާއި، ޓެކްސީކޮށްގެން ލިބުނު އާމްދަނީން ރައްކާކުރެވުނު ބައި އެއްކޮށްލީމަ ނިޞާބު ހަމަވެއެވެ. އެގޮތުގައި ނިޞާބު ހަމަވެފައި ހުންނަތާ މިހާރު ހަނދުމަހުން އަހަރެއް ވެއްޖެއެވެ. އެހެންކަމުގައިވާނަމަ ޒަކާތް ދައްކަން ޖެހޭނެ ހެއްޔެވެ؟

އާދެ. ޒަކާތް ދައްކަން ޖެހޭނެއެވެ. ޓެކްސީކޮށްގެން ކަމުގައިވިޔަސް، މުސާރައިން ކަމުގައިވިޔަސް އަދި ވިޔަފާރިކޮށްގެން ކަމުގައި ވީނަމަވެސް، އެމީހަކަށް އެލިބޭ އާމްދަނީން ނިޞާބު ހަމަވެ ހަނދުމަހުން އަހަރެއް ހަމަވެއްޖެ ނަމަ އެއާމްދަނީން ޒަކާތް ދައްކަން ޖެހޭނެއެވެ.

ހިއްސާކުރައްވާ

އިތުރު ސުވާލުތައް